news photo

ކުލަބް އެމްސީއެލްޕީ މިރޭ ފެނަކައާއެކު!

23 އޭޕްރީލު 2025

މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި ފެނަކާއާއެެކު، ކުލަބް އެމްސީއެލްޕީ ބައްދަލުކުރާ މެޗު މިރޭ 8.30 ގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓީމުގެ މެނޭޖަރ ޔާމީން ޢަބްދުލްވައްހާބު ވިދާޅުވެއްޖެއެވެ. 

މިއީ އެމްސީއެލްޕީއާއި، ފެނަކަ ރެކްރިއޭޝަން ކުލަބު ވެސް މި މުބާރާތުގައި ކުޅޭ 2 ވަނަ މެޗެވެ. މިރޭގެ މެޗަށް މި ދެ ޓީމު ނުކުންނަ އިރު، މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ، ފަސޭހަ ކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް ބަލިކޮށްފައެވެ. ފެނަކަ، އިސްލާމިކްބޭންކުގެ މައްޗަށް ކުރި ހޯދީ 5 ލަނޑު 0 ލަނޑުންނެވެ. އެމްސީއެލްޕީ، އިސްލާމިކް ބޭންކުގެ ޓީމު ބަލިކުރީ 2 ލަނޑު 0 ލަނޑުންނެވެ. 

މިރޭގެ މެޗަށް ނުކުންނަ އިރު މި ދޭ ޓީމަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ގުރޫޕުގެ 1 ވަނާގައި މި ވަގުތު އޮތީ ފެނަކަ ރެކްރިއޭޝަން ކުލަބެވެ. ކުލަބް އެމްސީއެލްޕީ އޮތީ ގުރޫޕުގެ 2 ވަނާގައެވެ. ގުރޫޕުގެ 3 ވަނާގައި އޮތް އެމްއައިބީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. 

މިރޭގެ މެޗު ކާމިޔާބުކޮށްގެން ކޮންމެ ޓީމަކަށް ވެސް މުބާރާތުގެ ނުކައުޓް ބުރަށް ދިޔުމުގެ ފުރުޞަތު އެބަ އޮތެވެ. މިރޭ ބަލިވާ ޓީމަށް ނުކައުޓް ބުރުން ޖާގައެއް ލިބޭނީ ގުރޫޕުގެ ފުލުގައި އޮތް އެމްއައިބީއާ އިތުރު މެޗެއް ކުޅެ މޮޅުވެގެންނެވެ.

ފުރަތަމަ މެޗުގައި މުވައްޒަފުންގެ ފަރާތުން ދެއްވި ތަރުޙީބު، މިރޭގެ މެޗަށް ވެސް ލިބިގެން ދިޔުމަކީ ޓީމުގެ ކުޅުންތެރިންނަށް ލިބޭ ވަރަށް މަތިވެރި ހިތްވަރެކެވެ.