24 އޭޕްރީލު 2025
މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި ފެނަކާއާއެެކު، ކުލަބް އެމްސީއެލްޕީ ރޭ ކުޅުނު މެޗުން 5-2 އިން ބަލިވިއަސް ކުލަބް އެމްސީއެލްޕީއަށް ދެ ވަނަ ބުރަން ދިއުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗް، ފެނަކަ ރެކްރިއޭޝަން ކުލަބުން ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުރި އިރު، ގުރޫޕުގައި އޮތް އަނެއް ދެ ޓީމަށް ވެސް ދެ ވަނަ ބުރަށް ދިޔުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ. ގުރޫޕުގެ 2 ވަނަ ޓީމުގެ ގޮތުގައެވެ.
މުބާރާތުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން ގްރޫޕު އެޗްން ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދާނީ، އެެމްއައިބީއާއި، އެމްސީއެލްޕީ އިތުރު މެޗެއް ކުޅެގެންނެވެ. އެ މެޗް ކާމިޔާބުކުރާ ޓީމަކަށް ނުކައުޓް ބުރުން ޖާގައެއް ކަށަވަރު ވާނެއެވެ.
ސަޕޯޓަރުންގެ ސަޕޯޓުގެ އަޑު މެދުނުކެނޑި އިވެމުން ދިޔަ، މި ފޯރިގަދަ މެޗްގައި ކުލަބް އެމްސީއެލްޕީގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރިވަމެވެ. އުންމީދުކުރެވެނީ މުބާރާތުގައި، ކުރިއަށް އޮތް މެޗް ކާމިޔާބުކޮށް ދެ ވަނަ ބުރަށް ޓީމް ދަތުރުކުރާނެ ކަމަށެވެ. ހަމަގައިމުވެސް ސަޕޯޓަރުން ތިބީ، އެ ރޫޙުގައެވެ. ޓީމުގެ 6 ވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.