news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހިންމަފުށްޓަށް ވަޑައިގެންފި

24 އޭޕްރީލު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު މާލެއަތޮޅު ހިންމަފުށްޓަށް ވަޑައިގެންފިއެވެ. 

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ހިންމަފުށީ ކައުންސިލްގެ ދަޢުވަތަކަށް، އެ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މިރޭ އިރާކޮޅު މިނިސްޓަރ ހިންމަފުށްޓަށް ކުރެއްވި މި ދަތުރު ފުޅުގައި، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ހިންމަފުށިން މިނިސްޓަރަށް ވަނީ ހޫނު މަރުޙަބާއެއް ކިޔުއްވާފައެވެ.