25 އޭޕްރީލު 2025
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، މ. މުލަކު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ރަށުގައި ފަށައިފައިވާ ޕްރޮޖެކްޓުތަކާއި ގުޅޭ ގޮތުންނެވެ.
އެ ގޮތުން ރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތް އަވަސް ކުރުމާ ބެހޭ ގޮތުންނާއި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރަށް ހޯދުމާ ބެހޭ ގޮތުންނާއި އަދި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅޭ ގޮތުން ވަނީ މިނިސްޓަރާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި މ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަލީމުގެ އިތުރުން މ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ޢާލިމް ބައިވެރިވެލެއްވިއެވެ.