28 އޭޕްރީލު 2025
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، އއ. އުކުޅަހު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ބެހޭ ގޮތުންނާއި، އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް ޢިމާރާތުގެ ޕްލޭނާ ބެހޭ ގޮތުންނެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި އުކުޅަހުގައި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ އަދާހަމަ މަޢުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައި ވެއެވެ. އެ ގޮތުން މަގުހެދުމުގެ މަޝްރޫޢާއި، ބަނދަރު މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި އއ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަލީމުގެ އިތުރުން އއ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ ބައިވެރިވެލެއްވިއެވެ.