news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

25 އޭޕްރީލު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު،  ތ. އަތޮޅު ގުރައިދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެ ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނެވެ.

އެ ގޮތުން ގުރައިދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓު މަޝްރޫޢުގެ މަޝްރޫޢާއި، އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ އަދާހަމަ މަޢުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި ތ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އިނާޒު ޢަލީގެ އިތުރުން ތ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ ބައިވެރިވެލެއްވިއެވެ.