news photo

ކްލަބް އެމްސީއެލްޕީ، ދެ ވަނަ ބުރުގެ ފުރަތަމަ މެޗްގައި މިރޭ ބެންކް އޮފް މޯލްޑިވްސްއާއެކު

29 އޭޕްރީލު 2025

މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި، ކްލަބް އެމްސީއެލްޕީ، ދެ ވަނަ ބުރުގެ ފުރަތަމަ މެޗްގައި މިރޭ ބެންކް އޮފް މޯލްޑިވްސްއާއެކު ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ. 

ބެންކް އޮފް މޯލްޑިވްސްގެ ޓީމު ދެ ވަނަ ބުރުން ޖާގަ ހޯދީ، އެ ޓީމު ކުޅުނު ގްރޫޕުން 1 ވަނަ ހޯދައިގެންނެވެ. ކުލަބް އެމްސީއެލްޕީ ދެ ވަނަ ބުރަށް ދަތުރުކުރީ ގްރޫޕުގެ އެޗްގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. 

މި މުބާރާތުގައި އަލަށް ވާދަކުރާ އެމްސީއެލްޕީން، ބެންކް އޮފް މޯލްޑިވްސްއާއެކު ކުޅޭ މީ ފުރަތަމަ މެޗެވެ. މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ ބަލިވާ ޓީމެއް މުބާރާތާ އަލްވަދާޢުކިޔަން ޖެހޭތީއެވެ. 

މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 20.00 ގައެވެ. އުފެދުނުތާ އެއް އަހަރު ނުފުރޭ ކުލަބް އެމްސީއެލްޕީ ނުވަތަ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރެކްރިއޭޝަން ކުލަބުން އަންނަނީ ރަނގަޅު ކުޅުމެއް މުބާރާތުގައި ދައްކަމުންނެވެ.  

ނަމޫނާ ޓީމެއްގެ ގޮތުގައި، މުބާރާތުގައި ތަމްސީލުކުރަމުން އަންނަ ކުލަބް އެމްސީއެލްޕީއަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރަކީ ނުވަތަ ސަޕޯޓަކީ އަބަދުވެސް ގާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހުންނެވުމެވެ. އަދި  ފަހުވަގުތާ ޖެހެންދެން މިނިސްޓަރ ދެއްވަމުން އަންނަ ހިތްވަރުފުޅެވެ . 

މިރޭގެ މެޗްގައި ވެސް 6 ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ސަޕޯޓަރުން ދަނޑުބޭރުން ކުޅޭނެއެވެ. ސަޕޯޓަރުން ތިބީ، އެ ރޫޙުގައެވެ. މިރޭގެ މެޗަށް ޓީމު ނުކުންނާނީ ވެސް ބީއެމްއެލް ބަލިކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ.