news photo

ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، ކައުންސިލްތަކާއި، ޑަބްލިޔޫޑީސީތަކުގެ މަސައްކަތް ހުންނަން ޖެހޭނީ، ސަރުކާރުގެ ސިޔާސަތުތަކާ ގުޅި ލާމެހިފައި

01 މޭ 2025

ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީންކުރާ މަސައްކަތް ހުންނަން ޖެހޭނީ، ސަރުކާރުގެ ސިޔާސަތުތަކާ ގުޅި ލާމެހިފައި ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ނިމުނު "އަންހެންވެރިންގެ ސައްލާ" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ފިކުރު ތަފާތުވިޔަސް، ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކުންކުރާ މަސައްކަތްތަކާއި، ޑަބްލިޔޫ.ޑީ.ސީންކުރާ މަސައްކަތް ހުންނަންޖެހޭނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ ގުޅި ލާމެހިފައި ކަމަށެވެ. 

އިއްޔެ ނިމުނު މި ސައްލާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގައި އަޅުގަނޑުމެން، ކައުންސިލްތަކަކީ ވަކި ސަރުކާރެއް ކަމަށް، ޑަބްލިޔު.ޑީ.ސީއަކީ ވަކި ބަޔެއްކަމަށް ދެކިގެން މަސައްކަތްކުރާ ކަމަށްވާ ނަމަ، އެއީ އަޅުގަނޑުމެންނަށް ތަރައްޤީގައި ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

މި މަހުގެ 29 އިން 30އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ "އަންހެންވެރިންގެ ސައްލާ" އަކީ  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. 

ކުލަސްޓަރ 3 ގައި ހިމެނޭ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކުރި މި ސައްލާގައި 59 މެންބަރަކު ބައިވެރިވެލެއްވިއެވެ.