news photo

ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގައި އަންހެން ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑު: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

01 އޭޕްރީލު 2025

ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގައި އަންހެން ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ނިމުނު "އަންހެންވެރިންގެ ސައްލާ" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކަމަކަށް ބެލިޔަސް ދިވެހިރާއްޖޭގައި އެންމެ ކުރިގައި އުޅެނީ އަންހެނުންކަން އެއީ ކޮންމެ ބޭފުޅަކު ވެސް މިއަދު ޤަބޫލުފުޅުކުރައްވާ ޙަޤީޤަތެއް ކަމަށް ވެސް ވިދާޅުވިއެވެ.  

އިއްޔެ ނިމުނު ސައްލާގައި ބައިވެރިވި ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި މި ފަދަ ސައްލާތައް ގިނަގިނައިން ބޭއްވުމަކީ އެ ބޭފުޅުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަރުވާ ދެމެހެއްޓުމުގައި ވަރަށް މަތިވެރި ހިތްވަރެއް ލިބިގެންދާ ކަމެކެވެ. އަދި ނިމުނު މަސައްކަތު ބައްދަލުވުމުން ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފައިވާ ކަމަށް ސައްލާގެ ބައިވެރިން ޤަބޫލުކުރެއްވިއެވެ. 

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ސިލްސިލާކޮށް ގެންދިޔުމަށް ނިންމާފައިވާ ސައްލާތަކުގެ ދެ ވަނަ ބުރު ކައިރި ތާރީޚެއްގައި ބޭއްވިގެން ދާނެއެވެ.