news photo

މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރައްވައިފި

01 މޭ 2025

ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ޝުކުރު އަދާކުރައްވައިފިއެވެ. މަސައްކަތްތެރިންނަށް މިނިސްޓަރ ޝުކުރުއަދާކުރެއްވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި އަޅުގަނޑުމެންގެ ދިރިއުޅުމުގައި މަސައްކަތްތެރިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތުގެ ސަބަބުން އިޤްތިޞާދަށް އޭގެ ހެޔޮ އަސަރުކުރަމުން އަންނަ ކަމަށާއި، އެމީހުންގެ ފަރާތުން އެތައް ބަޔަކަށް އައު ހުނަރުތައް ދަސްވެގެން އަންނަކަމަށްވެސް ބަޔާންކުރައްވާފައި ވެއެވެ. މީގެ އިތުރުން މަސައްކަތްތެރީން ކުރައްވާ މަސައްކަތުގެ ހެޔޮ އަސަރު މުޖުތަމަޢަށް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. 

މިނިސްޓަރ މެސެޖު ނިންމަވައިލައްވައިފައި ވަނީ އަޅުގަނޑުމެން ކުރާ ކަންކަމުގައި، މަސައްކަތްތެރިން ތަފާތު ނުކުރުމަށާއި، ޒިންމާދާރުކަމާއެކު އެ މީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.