05 ޖެނުއަރީ 2025
މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވެވި ދެ ވަނަ ޕޯސްޓްގައެވެ.
އެ ގޮތުން ޑަބުލިޔޫޑީސީތަކުގެ އަޑު، ރައީސުލްޖުމްހޫރިއްޔާ އައްސަވައި، އެ މީހުންނަށް ލިބެމުންއައި އެލަވަންސަށް މުސާރައެއްގެ ދަރަޖަ ޤާނޫނީ ގޮތުން ވަނީ ހޯއްދަވައި ދެއްވައިފައެވެ. އަދި ރަމަޟާން ޢިނާޔަތް ލިބުމާއި، އިންސްޓޯލްމަންޓް ސްކީމްތަކުން އެއްޗެހި ނެގޭނެ މަގު ތަނަވަސްކޮށްދެއްވައިފައިވާ ކަމަށް މިނިސްޓަރކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.