news photo

ޕީއެސްއެމްނިއުސްއިން އަދާކުރަމުން ދަނީ ވަރަށް ބޮޑު ޤައުމީ ޒިންމާއެއް

04 މޭ 2025

ޕީއެސްއެމްނިއުސްއިން އަދާކުރަމުން ދަނީ ވަރަށް ބޮޑު ޤައުމީ ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ 8 އަހަރު ފުރުނު ޕީއެސްއެމް ނިއުސްގެ އެންމެހައި މުވައްޒަފުންނަށް، އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ކުރެއްވި މި ޕޯސްޓްގައި ޕީއެސްއެމް ނިއުސްއަކީ ޚަބަރާއި މަޢުލޫމާތު ތެދުބަހުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ޤައުމީ ޒިންމާއެއް އަދާކުރައްވާ ބައެއް ކަމަށް ވިދާޅުވެފައި ވެއެވެ. 

ވަޒީރުކުރެއްވި މި ޕޯސްޓް ނިންމަވާއި ލައްވާފައި ވަނީ ޕީއެސްއެމް ނިއުސްއަށް އަބަދުވެސް ކުރިއެރުމާއި، ކާމިޔާބާއި، ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.