news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

05 މޭ 2025

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ޤަބުރުސްތާނުގެ ވަށައިފާރު ރޭނުމުގެ މަސައްކަތާ ގުޅޭ ގޮތުންނާއި، ކުޅުދުއްފުށީގައި ޤާއިމު ކުރެވިފައިވާ މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޔުނިޓުގެ މަސައްކަތާއި ގުޅޭ ގޮތުންނެވެ.
އެ ގޮތުން ޕަބްލިކް ވާރކްސް ޔުނިޓުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ޔުނިޓުގެ މަސައްކަތް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.