news photo

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ މަގުފާރު އަރިއަޅައިލައިފައި އޮތުމުން، އެ ފާރު ތަޅައި ބިންސާފުކުރުމުގެ މަސައްކަތްކޮށްފި

05 މޭ 2025

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ މަގުފާރު އަރިއަޅައިލައިފައި އޮތުމުން، އެ ފާރު ތަޅައި ބިންސާފުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ހިތަދޫ ޕަބްލިކް ވާރކްސް ޔުނިޓުން ކޮށްފިއެވެ.

އެ ފާރު ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްކުރީ  ހިނގާބިނގާވާ މީހުންނަށާއި، ދުއްވާ އެއްޗެއްސަށް ގެއްލުމެއް ލިބިދާނެތީއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މިއިީ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ޓަކައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ވަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިސްކަމެއްދީ ކުރަމުން އަންނަ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން، ނިމުނު 2024 ވަނަ އަހަރު، މާލޭގައި ހުރި އެ ފަދަ ބައެއް ތަންތަން ތަޅައި ބިންސާފުކުރުމުގެ މަސައްކަތް ވަނީ ސިޓީސް މިނިޓްރީން ކޮށްފައެވެ.