05 މޭ 2025
ލ. އިސްދޫގައި ޕާކު ހެދުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތް، އިސްދޫ ޕަބްލިކް ވަރކްސް ޔުނިޓުގެ މުވައްޒަފުންކޮށްފިއެވެ.
މިއީ އިސްދޫ ކައުންސިލްގެ އެދުމުގެ މަތިން އެ ރަށު ޕަބްލިކް ވާރކްސް ޔުނިޓުން ކުރި މަސައްކަތެކެވެ. މީހުން އެއްވެލައި މުނިފޫހިފިލުވޭ ފަދަ ޕާކުތައް ރަށްރަށުގެ ހެދިގެން ދިޔުމަކީ އެ ރަށްރަށުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ކުޑަކުދިންގެ ޕާކު ނެތް ކޮންމެ ރަށެއްގައި ޕާކު އެޅުމަކީ، މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.