06 މޭ 2025
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޓީމެއް ހއ އަދި ހދ ގެ ބައެއް ރަށްތަކަށް ޒިޔާރާތް ކުރުމަށް މިއަދު ފުރައިފިއެވެ. މި ދަތުރުގެ މަޤްސަދަކީ ހއ އަދި ހދ ގައި މިނިސްޓްރީގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު ޤާއިމް ކުރުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިންމުމަށެވެ. މި ދަތުރުގައި ހއ. ހޯރަފުށްޓާއި، ބާރަށުގެ އިތުރުން ހދ. ފިނޭއަށް ދިޔުމަށް ހަމަޖެހިފައި ވެއެވެ.
މި ޓީމުގައި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ލޯކަލް ގަވަރމަންޓް ޑިޕާޓްމަންޓުގެ ސްޓޭޓް މިނިސްޓަރި މުހައްމަދު މާހިރާއި އަދި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝަމީމް ހިމެނިލައްވައެވެ.
ކުޑަ ކުދިންގެ ޕާކް ނެތް ކޮންމެ ރަށެއްގައި ކުޑަ ކުދިންގެ ޕާކް ޤާއިމްކުރުމަކީ މިސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ގޮތުން 12 ރަށެއްގައި ކުޑަ ކުދިންގެ ޕާކް ތަރައްޤީ ކުރުމަށް މިހާރު ވަނީ ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ.