07 މޭ 2025
ހއ އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ވަފުދުގެ މަންދޫބުން ހދ. ފިނޭ ކައުންސިލްގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެ ރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑާކުދިންގެ ޕާކާ ބެހޭ ގޮތުންނެވެ. އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ޕާކުގެ ޑިޒައިންނާއި އަދި ޕާކު ގާއިމްކުރުމަށް ބޭނުންވާ ބިމުގެ ކަންކަމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ލޯކަލް ގަވަރމަންޓް ޑިޕާމެންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ޑެޕިޔުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.
މި ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ ހއ. ބާރަށަށް ދުރުވެ ބާރަށު ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.