news photo

ދެ ވުޒާރާގެ ވަފުދުގެ ބޭފުޅުން ބާރަށު ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމުމެއް ބާއްވައިފި

07 މޭ 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެނޑް ޕަބްލިކް ވާރކްސްއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ވަފުދުގެ މަންދޫބުން ހއ. ބާރަށު ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ، 2024 ވަނަ އަހަރު ބާރަށުން ދޫކޮށްފައިވާ ގޯތިތަކާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައި ވާތީ، މަސްލަހަތު ހުރި ގޮތެއްގައި އެ ކަމުގައި ޢަމަލުކުރެވިދާނެ ގޮތެއް ހޯދުމަށް، ބާރަށު ކައުންސިލުގެ އެދިލެއްވުމަކާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ. 

މި ބައްދަލުވުމުގެ މި މިނިސްޓްރީގެ ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓް ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާޢި، ޑެޕިޔުޓީ މިނިސްޓަރ ޢަލީ ޝަމީމާއި، ފިނޭސް އެންޑް ޕްލޭނިންގ މިނިސްޓްރީގެ ދެ ބޭފުޅަކު ބައިވެރިވެލެއްވިއެވެ.