news photo

ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރެއްވުމަކީ އުންމީދު އާލާވާކަމެއް: މިނިސްޓަރި އާދަމް ޝަރީފު ޢުމަރު

10 މޭ 2025

ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސައްކަތް ކުރެއްވުމަކީ އުންމީދު އާލާވާކަމެއް ކަމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މި ޕޯސްޓުގައި މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ކޮރަޕްޝަން މަދު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުން ގިނަވުން ކަމަށެވެ. އަދި ސިސްޓަމްތައް ކޮރަޕްޓް  ކުރުން ކަމަށެވެ. އަދި މިސަރުކާރުން ކޮރަޕްޝަން މަދުކުރާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ކަމަށް ވެސް މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. 

މިނިސްޓަރ މިއަދު ކުރެއްވި މި ޕޯސްޓްގައި ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި ހިންގަމުންދާ ކޮރަޕްޝަން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެ ގޮތުން ކޮރަޕްޝަންގެ ތުޙުމަތު ކުރެވޭ ގިނަ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައްސަލަތައް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.