10 މޭ 2025
ކުޑަކުދިން ތައްޔާރުކުރަން ޖެހޭނީ، ކުރިމަތިވާ ގޮންޖެހުންތައް އަމިއްލައަަށް ޙައްލުކޮށްގެން ދިރިއުޅެވޭނެ ފަދަ ހުނަރުތަކާއި ޤާބިލިއްޔަތުތައް ކުދިންގެ ކިބައިގާ އަށަގަންނާނެގޮތަކަށް ކަމަށް، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
"މިއަދު ކުޑަކުދިން ތައްޔާރު ކުރަންޖެހޭނީ ގޮތް ނޭނގޭ ދުނިޔެއެއްގައި، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތައް އަމިއްލައަަށް ޙައްލުކޮށްގެން ދިރިއުޅެވޭނެ ފަދަ ހުނަރުތަކާއި ޤާބިލިއްޔަތުތައް ކުދިންގެ ކިބައިގާ އަށަގަންނާނެގޮތަކަށް" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި ދުވަހުގެ ތަހުނިޔާ އެންމެހައި ކުޑަކުދިންނަށް އަރިސްކުރައްވާފައި ވެއެވެ.