news photo

ވޯޓުލުން ފިޔަވައި ހުރިހައި ކަމެއް ޑިޖިޓަލައިޒްކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމަކީ، އެޅުއްވި އިޚްލާޞްތެރި ފިޔަވަޅެއް: މިނިސްޓަރ

10 މޭ 2025

ވޯޓުލުން ފިޔަވައި ހުރިހައި ކަމެއް ޑިޖިޓަލައިޒްކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވުމަކީ ޤައުމު ތަރައްޤީކުރުމަށް އެޅުއްވި އިޚްލާޞްތެރި ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރޭ ފެށުނު "މޯލްޑިވްސް 2.0" އިފްތިތާޙްކޮށްދެއްވާ ރައީސްލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި

މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށް ވަނީ ވިދާޅުވެފައެވެ.

" މޯލްޑިވްސް 2.0" އިފްތިތާޙްކޮށްދެއްވާ ރައީސުލްޖުމްހޫރިއް ރޭ ދެއްކެވި ވާހަކަފުޅުގައި ހިންގުމުގައި ގެނެވޭ މި ބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

“ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ކޮރަޕްޝަން މަދުކުރެވޭނެ، ހިންގުން އަވަސް ކުރެވޭނެ، ޓްރާންސްޕޭރެންޓް ކުރެވޭނެ، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ" ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.