10 މޭ 2025
"މޯލްޑިވްސް 2.0" މަޝްރޫޢަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދަވައި މުހިންމު މަޝްރޫޢެކެވެ. މިއީ މުޅި ސަރުކާރުގެ ހުރިހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް އިންޤިލާބީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެެކެވެ.
އޯޕަން ޑިސްކަޝަންގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ ހީވާގި ޒުވާނުންތަކެއް މި ފަދަ ބަދަލުތަކެއް ގެންނަން ބޭނުންވާ ކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެއާކު މި ފަދަ ބަދަލެއް ބަލައިގަންނަން އެއްބަސް ނުވާ ބަޔަކު ތިބޭނެ ކަން ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
އޯޕަން ޑިސްކަޝަންގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ފަދަ ޚިޔާލު ތަފާތުވާ ކަންކަމުގައި ކުރިއަށްދެވޭނެ މަގެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.