11 މޭ 2025
މިއަދު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގައި ބޭއްވި މި ބައްދަލުވުމުގައި ބ. މާޅޮހު ކައުންސިލްގެ ރައީސް ޢަބުދުﷲ ޝުޖާޢު ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ދާއިރާގެ ރަށްރަށުގައި ސަރުކާރުން ހިންގެވުމަށް ނިންމާފައިވާ މަޝްރޫޢު ތަކާއި އަދި ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކައުންސިލަށް އިތުރުކުރާ ބައިގެ ބަޖެޓްގެ ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ބ. އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންކަން ބެލެހެއްޓެވުމާއި އިސްކޮށް ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ ސިމާން ހާދީއާއި، ބ. އަތޮޅު ކޯޑިނޭޓްކޮށް ބަލަހައްޓަވައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ޝަމީމް ބައިވެރިވެލެއްވިއެވެ.