news photo

ވަޒީރު އާދަމް ޝަރީފު ޢުމަރު ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބުދުލްޙަންނާނު އަބޫބަކުރާ ބައްދަލުކުރައްވައިފި.

11 މޭ 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދާއިރާގެ ރަށްރަށުގައި ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބ. އަތޮޅު ހިމެނޭ ކުލަސްޓާގެ ކަންކަން ބެލެހެއްޓެވުމާއި އިސްކޮށް ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ ސިމާން ހާދީއާއި، ބ. އަތޮޅު ކޯޑިނޭޓްކޮށް ބަލަހައްޓަވައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ޝަމީމް ބައިވެރިވެލެއްވިއެވެ.