11 މޭ 2025
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި އެލްޖީއޭއިން ކޮށްފައިވަނީ ވަރަށް ރަނގަޅު، އާދަޔާ ޚިލާފު ހަރުދަނާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅައި ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައެވެ.
ރިޕޯޓްހުށަހެޅުމަށް، މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ވަރަށް ތަފްޞީލުކޮށް ޖަވާބުދެއްވައިފައެވެ. ޙަޤީޤީ މާނާގައި، ކައުންސިލްތައް ރައްޔިތުންނާ ގާތުން ހިންގުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ވޭތުވެ ދިޔަ 16 ވަރަކަށް މަސްދުވަހު ސަރުކާރުން ވަނީ އަޅުއްވާފައެވެ.