12 މޭ 2025
ޕަބްލިކް ވާރކްސްގެ ޙިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅައި ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޕަބްލިކް ވާރކްސްގެ ސައިޓެއް ނެތް ކޮންމެ އަތޮޅެއްގައި އެ ޙިދުމަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. މީގެ އިތުރުން ދެ މޯބައިލް ޔުނިޓު ޤާއިމްކުރެއްވުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ.