news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. ނޭކުރެންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި

13 މޭ 2025

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ނޭކުރެންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ މަސައްކަތާއި، އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ނޭކުރެންދޫ ކަނޑޫފަލަށް ދިމާވެފައިވާ ކަނޑޫ ގަސް މަރުވުމުގެ މައްސަލައިގެ ކަންބޮޑުވުން ކައުންސިލުން މިނިސްޓަރާ ހިއްސާ ކުރައްވައި އެ ކަމުގެ ޙައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ހަސަން އަދި ހދ. އަތޮޅުގެ ކަންކަން ކޯޑިނޭޓްކޮށް ބަލަހައްޓަވައި ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.