news photo

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ތ. ކަނޑޫދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

13 މޭ 2025

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ކަނޑޫދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ މަސައްކަތާއި، ރަށުގައި ފަށާފައި ހުރި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ޕްލޭންކުރެވި، އެކި ފަރާތްތަކާ ޙަވާލުކޮށް އޭގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެން މިހާރުވެސް ކުރިއަށް އެބަދެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ތ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އިނާޒް ޢަލީއާއި، ކްލަސްޓަރގައި ކުލަސްޓަރގައި މަސައްކަތްކުރައްވާ އެހެން ބޭފުޅުން ބައިވެރިވެއްވިއެވެ.