news photo

އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭ ކޮމިޝަނުގެ އިކޮނޮމިކް އެފެއާޒް އޮފިސަރ އަނުޝުމަން ވަރމާއާ މިނިސްޓަރ ބައްދަލުކުރައްވައިފި

14 މޭ 2025

އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭ ކޮމިޝަނުގެ އިކޮނޮމިކް އެފެއާޒް އޮފިސަރ އަނުޝުމަން ވަރމާއާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ބޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. 

އިއްޔެ މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި "ބުލޫ ކާބަން އިކޮނޮމީ" ކުރިއެރުވުމުގައި މި މިނިސްޓްރީ، އދ. އާއެކީ މަސައްކަތްކުރުމާއި މެދު މަޝްވަރާކުރެވުނެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކަށް ކަނޑާއި ގުޅުވައިގެން ޙައްލުތައް ހޯދުމާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ޓަކައި ބުލޫ ކާބަންގެ މުހިންމުކަމާ މެދު މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި އަނުޝުމަން ވަރމާގެ ވަފުދުގެ ބޭފުޅުންގެ އިތުރަށް މި މިނިސްޓްރީގެ ޕްލޭނިންގ ޑިޕާޓްމެންޓްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.