news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހއ. އުތީމު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

14 މޭ 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ހއ. އުތީމު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. 

އިއްޔެ މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި އުތީމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ މަސައްކަތާއި، އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. މީގެއިތުރުން މި އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމާ ގުޅޭ ގޮތުންނާއި އަދި ކައުންސިލަށް ފަޅުރަށެއް ހޯދުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން ބާވެ ވީރާނާވެފައިވާ ކައުންސިލްތައް އަލުން ޢިމާރާތްކުރުމާއި، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމްކޮށްދިނުމުގެ އިތުރަށް ފަޅުރަށް ބޭނުންވާ ކައުންސިލްތަކެއް ފަޅުރަށެއް ލިބޭ ގޮތް ހައްދަވައި ދެއްވުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ހިންގަވަމުން އަންނަ ކަމެކެވެ.