news photo

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީގެ މުވައްޒަފުންނަށް ދެއްވައިފި

14 މޭ 2025

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުންނަށް ދެއްވައިފިއެވެ. މިއަދު މިނިސްޓްރީގައި ބޭއްބި މި ބައްދަލުވުމުގައި މަޢޫލޫމާތު ދެއްވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނެވެ. 

މި ބައްދަލުވުމުގައި ޙައްޖާއި ޢުމްރާއަށް ދިއުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، އެ ކަމުގައި ހުރި ލުއިފަސޭހަ ގޮތްތަކާ ބެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދެއްވާފައި ވެއެވެ. ޚާއްޞަކޮށް ވަޒީފާގައި އުޅުއްވާ ފަރާތްތަކުން "މަހުން މަހަށް މުސާރައިން އުނިކޮށްގެން ޙައްޖަށް ދިއުމަށް ފައިސާ ރައްކައުކުރަން ހެދިފައިވާ ލުއިފަސޭހަ ސްކީމް"އާ ބެހޭ މަޢުލާމާތު ވެސް އޮޅުންފިލުވައިދެއްވިއެވެ. 

މިއީ މި މިނިސްޓްރީގެ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ބޭއްވި މި ފަދަ ދެ ވަނަ ބައްދަލުވުމެވެ.  ފުރަތަމަ ބައްދަލުވުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާފައެވެ.