15 މޭ 2025
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި ހދ. އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި، އަތޮޅު ކައުންސިލްގެ އިދާރާ މަރާމާތުކުރުމާ ބެހޭ ގޮތުންނާއި އަދި އެ އިދާރާއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މިއަދުގެ ބައްދަލުވުމުގައި ހދ. އަތޮޅު ބެލެހެއްޓެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ މި މިނިސްޓްރީގެ އެންމެހައި ވެރިން ބައިވެރިވެލެއްވިއެވެ.