news photo

މުލަކަތޮޅު ނާލާފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްދޭން ފައްޓަވައިފި

22 މޭ 2025

މުލަކަތޮޅު ނާލާފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްދޭން ފައްޓަވައިފިއެވެ. ނާލާފުށީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ނާލާފުށީ ކައުންސިލުގެ މެންބަރުންނާއި، އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭވަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ވޭވަށުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އޭޓިއެމް ޚިދުމަތް ނެތުމަކީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓިއެމް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު، މި މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، މީގެ ކުރިން ގިނަ އަހަރުތަކެއް ނަގައި ކަންކަން ބޭންކުގެ ހިންގުމަށް ގެނައި ބަދަލާއިއެކު، މިހާރު ދުވަހުން ދުވަހަށް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.