news photo

ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް ތަރައްޤީކުރުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖް"ގައި ސޮއިކުރައްވައިފި

23 މޭ 2025

ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް ތަރައްޤީކުރުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖް"ގައި ސޮއިކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި "ލެޓާ އޮފް އެކްސްޗޭންޖް"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ސަފީރު ކޮންގް ޝިންހުއާއެވެ.

50 ކައުންސިލު ބިނާކުރުމަށް ހިންގާ މި މަޝްރޫޢުގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންދާނީ، ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ. 

މި ޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލަކީ:

ހދ. ވައިކަރަދޫ
ށ. ފޭދޫ
ށ. ކޮމަންޑޫ
ށ. ގޮއިދޫ
ހއ. ވަށަފަރު
ހއ. އިހަވަންދޫ
ހއ. ދިއްދޫ
ހދ. ކުމުންދޫ
ހދ. ނޭކުރަންދޫ
ށ. ނަރުދޫ
ނ. ހެނބަދޫ
ނ. ޅޮހި
ނ. ފޮއްދޫ
ނ. މަނަދޫ
ނ. މަގޫދޫ
ނ. ލަންދޫ
ރ. ވާދޫ
ރ. ހުޅުދުއްފާރު
ބ. ކަމަދޫ
ބ. ކުޑަރިކިލު
ބ. ފެހެންދޫ
ބ. އޭދަފުށި
ބ. ތުޅާދޫ
ބ. ކިހާދޫ
ޅ. ކުރެންދޫ
ކ. ހިންމަފުށި
ކ. ކާށިދޫ
ކ. ގުރައިދޫ
ކ. ތުލުސްދޫ
ކ. ގާފަރު
އދ. ކުނބުރުދޫ
އދ. މަހިބަދޫ
އދ. ފެންފުށި
މ. މުލި
މ. ދިއްގަރު
މ. މުލައް
ފ. ފީއަލި
ދ. ހުޅުދެލި
ދ. ބަނޑިދޫ
ތ. އޮމަދޫ
ތ. ގާޑިއްފުށި
ތ. ބުރުނީ
ތ. ގުރައިދޫ
ތ. ވޭމަންޑޫ
ލ. މާބައިދޫ
ލ. ކުނަހަންދޫ
ލ. މާވަށް
ގއ. މާމެންދޫ
ގއ. ނިލަންދޫ
ގދ. މަޑަވެލި
މިއަދު ސޮއިކުރެވުނު 50 ކައުންސިލްގެ އިތުރުން 55 ކައުންސިލެއް ޢިމާރާތްކުރުމުގެ މަސައްކަތް މެލޭސިއާގެ ހެކްސްޓަރ ގްލޯބަލްއާ ވަނީ ޙަވާލުކުރެވިފައެވެ. ކައުންސިލްތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.