news photo

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ގއ. ވިލިނގިލީ އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރައްވައިފި

26 މޭ 2025

މިއަދު ބޭއްވި މި ބައްދަލުވުމުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަން ހިންގި، ފިޔަ ޢިމާރާތުގެ ބަދަލަށް ލިބެންޖެހޭ ފައިސާ އާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ވޯކްޝޮޕްތަކާއި ޓްރޭނިންގ ޕްރޮގްރާމް ބޭއްވުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. ވިލިނގިލީ އ.ތ.މ ކޮމިޓީން އެލްޖީއޭއަށް ފޮނުވާފައިވާ އަހަރީ ރިޕޯޓާއި ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ގދ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ތަޤިއްޔު އިބްރާހީމާއި އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ސުދުފާ ބައިވެރިވެލެއްވިއެވެ.