news photo

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މިނިސްޓަރ އާދަމް ޝަރީފާ ބައްދަލުކުރައްވައިފި

03 ޖޫން 2025

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދައިރާތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް, ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވިކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ދިވެހިރާއްޖެއާ ދޭތެރޭ ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާކަން ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ.