news photo

ރާއްޖެއަށް ކަނޑައަޅައިފައިވާ އެމެރިކާ ސަފީރު ހޫގޯ ޔޮންއާއި، ޔޫއެސް އެއިޑްގެ އިސް ބޭފުޅުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި

03 ޖޫން 2025

ރާއްޖެއަށް ކަނޑައަޅައިފައިވާ އެމެރިކާ ސަފީރު ހޫގޯ ޔޮންއާއި، ޔޫއެސް އެއިޑްގެ އިސް ބޭފުޅުންނާ މިނިސްޓަރ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެމެރިކާ ސަރުކާރުގެ އެސިސްޓެންސް ޕޮލިސީއާ ގުޅޭވގޮތުންނެވެ. މީގެ އިތުރުން މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުުގެ އަރިހުގައި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.