news photo

މެންބަރު ސައުދުގެ ވާހަކަފުޅާ ގުޅިގެން  މިނިސްޓަރ ވިދާޅުވެފައިވަނީ  އެލްޖީއޭ އިން ގެންދަވަނީ ޤާނޫނީ ޒިންމާ އަދާކުރައްވަމުން ކަމަށެވެ

16 މޭ 2025

ނަމަކަށް ކައުންސިލަރުން ތިބޭނަމަ، ދެ ވަނަ ދައުރަކަށް އެ ކައުންސިލަރުން، ރައްޔިތުން ހޮވާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މި ފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ މި ޕޯސްޓު ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. މިއަދުގެ މަޖްލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސަޢުދުﷲ ޙިލްމީ ވިދާޅުވީ ގިނަ ރަށްތަކުގައި ކައުންސިލަރުން ތިބެނީ ނަމަކަށް ކަމަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އޮންނަނީ ނިދާފައި ކަމަށެވެ.