news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

24 ޖޫން 2025

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ދިއްގަރު ކައުންސިލާ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ލައިފްސްޓައިލް އިންޓަރވެންޝަން ޕްރޮގްރާމްގެ 6 މަސްދުވަހުގެ ރިޕޯޓް ވަނީ މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

މި ބައްްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓްގެ ގަވަނެންސް އެންޑް މޮނިޓަރިންގ ސެކްޝަންގެ ހެޑް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، މާލެ އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި އަދި މާލެ އަތޮޅުގެ ކަންކަން ކޯޑިނޭޓްކޮށް ބަލަހައްޓަވައު ބޭފުޅުން ބައިވެރިވެލެއްވިއެވެ.