news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މާލެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

24 ޖޫން 2025

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވިފައި ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާބެހޭގޮތުންނެވެ. އެގޮތުން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން އަތޮޅު ކައުންސިލުން ވަނީ ހިޔާލު ބަދަލުކޮށް ނިޒާމުގައި ހުރި ދަތިތަކާއި ހައްލު ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓްގެ ގަވަނެންސް އެންޑް މޮނިޓަރިންގ ސެކްޝަންގެ ހެޑް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، މާލެ އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި އަދި މާލެ އަތޮޅުގެ ކަންކަން ކޯޑިނޭޓްކޮށް ބަލަހައްޓަވައު ބޭފުޅުން ބައިވެރިވެލެއްވިއެވެ