27 ޖޫން 2025
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރ. ހުޅުދުއްފާރުގައި ބޭއްވުނު ރ. އަތޮޅު ކައުންސިލްގެ 3 ވަނަ "އަރުތަ" ހޭންޑްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ދުވާފަރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ވާދަކުރީ ޓީމް މަޑުއްވަރީއެވެ. ފައިނަލް މެޗު 15-21 ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ ދުވާފަރު ސްޕޯޓްސް ކްލަބުންނެވެ.
މި ރަސްމިއްޔާތުގައި އެޑަބްލިޔު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނާޞިރު ބައިވެރިވެލެއްވިއެވެ.