30 ޖޫން 2025
ކިޔަވާކުއްޖާގެ މުޅި މުސްތަޤުބަލު އޮންނާނީ މުދައްރިސްގެ ހަވާލުގައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ތަފްޞީލްދެއްވަމުން މިނިސްޓަރ ވިދާޅުވީ ތުއްތު ކުއްޖާ ރީތި ޔުނިފޯމެއް ލައްވާފައި، ސްކޫލަށް ފޮނުވަނީ ވަރަށް އިތުބާރާއެކު ކަމަށާ، އެއީ މަޑު ގޮދަން ފުށްގަނޑެއް ފަދަ، ބޭނުން ކޮންމެ ގޮތަކަށް ބައްޓަން ކުރެވިދާނެ ދިރިހުރި ޝަޚްޞެއް ކަމަށެވެ. ކުއްޖާ ކިޔެވުމަށް ޝައުޤުވެރިކުރުވުމާއި، އުފެއްދުންތެރި ވިސްނުމުގެ ބިނާކުރަނިވި ފިކުރުގެ ހަރުދަނާ މުވާތިނަކަށް ހެދުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ މުދައްރިސުންގެ ކޮނޑުގައި އެޅިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިވަރު ދިރިއުޅެން ދަސްކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ އެއް ފަރާތަކީ މުދައްރިސުން. އެ ޒިންމާއާއި އެ ބުރަ މަސްއޫލިއްޔަތު މުދައްރިސުން އަދާކުރައްވާކަމީ އުފާކުރާ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.