01 ޖޫން 2025
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ބާރަށު ދާއިރާގެ ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މިބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު، ސްޓޭޓް މިނިސްޓަރ ޢަހްމަދު ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރ އަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.