news photo

ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފި

02 ޖުލައި 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްގެ ސީނިއަރ މެނޭޖްމެންޓާއި، މިޑްލްމެނޭޖް މެންޓްގެ މުވައްޒަފުންނަށް ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފިއެވެ. 

ސްޓެލްކޯ ޓްރޭނިންގ ރޫމުގައި މިއަދު ކުރިޔަށް ގެންދިޔަ މި ޓްރޭނިނގެ ސެޝަން ނަންގަވައިދެއްވީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މާލޭ އޮފީހުގެ މުވައްޒަފުންނެވެ. މި ސެޝަނުގައި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް އެންޑް ތީމެޓިކް އޭރިއާއި، ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މައްޗަށް ބަލައިލެވިފައިވެއެވެ. 

މީގެ އިތުރުން މިއަދުގެ ސެޝަނުގައި ޤައުމީ ތަރައްްޤީގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އެ ލަނޑުދަނޑިތަކާ މިނިސްޓްރީގެ މެންޑޭޓާ ހުރި ގުޅުމުގެ މައްޗަށް ވެސް ބަލައިލެވިފައި ވެއެވެ. އަދި ވޭތުވެދިޔަ 45 ވަރަކަށް އަހަރު ޔޫއެންޑީޕީން މި ޤައުމުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ވެސް ބަލައިލެވުނެވެ.

ތިންގަޑިއެއްހައި އިރަށް ދިގުދެމިގެން ދިޔަ މިއަދު ސެޝަންގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.