news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރ. އިނގުރައިދޫ ކައުންސިލާ ބައްދަލުކުރައްވައިފި

06 ޖުލައި 2025

މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަން އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ރ. އިނގުރައިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ މަސައްކަތާއި ބެހޭ ގޮތުންނާއި، އިނގުރައިދޫ ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅު ރަށުގެ ބަދަލުގައި އިތުރު ފަޅުރަށެއް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނައުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވިފައި ވެއެވެ. 

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.