12 ޖުލައި 2025
އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ ޢިމާރާތްތައް ތަޅާލުމަށް ނިންމާއި މިއަދު އެސަރަހައްދުގައި މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޔުނިޓުން މަސައްކަތް ފަށައިފިއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެތިން ޢިމާރާތް ތަޅާލުމަށް ނިންމައި މިއަދު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަ ވަނީ މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދިފައެވެ. ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.