17 އޯގަސްޓު 2025
ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް، ދިވެހި ފުލުހުން މިއަދު މާލެ ސިޓީގައި ފެއްޓެވި މަސައްކަތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ބައިވެރިވެއްޖެއެވެ.
މި މަސައްކަތް ފުލުހުން ކުރިއަށް ގެންދަވަނީ މާލޭ ސިޓީ ކައުންސިލާއި، ސިޓީސް މިނިސްޓްރީއާ ގުޅިގެންނެވެ. ފުލުހުން ހާމާކުރެއްވި ގޮތުގައި މިއީ، އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް މާލޭގެ މަގުތައް ހެދުމަށް ޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ސައިކަލާއި، ކާރާއި އަދި ޕިކަޕު ފަދަ ވެހިކަލްތައް ވެސް ފުލުހުން އަންނަނީ ނަންގަވަމުންނެވެ.