08 ސެޕްޓެމްބަރު 2025
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަން އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މިނިސްޓްރީގެ ރަށްވެހި މާލަމްގައި އޮތް މި ބައްދަލުކުރެއްވުމުގައި ނިލަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާ ބެހޭ ގޮތުންނާއި، ސަރުކާރުން ނިލަންދޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ނިލަންދޫ ހިމެނޭ ކުލަސްޓަރގެ ކަންތައްތައް ބެލެހެއްޓުމާއި ޙަވާލުވެ ތިއްބެވި ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.