news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރ. ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައިފި

09 ސެޕްޓެމްބަރު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ރ. ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.  

މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙްގެ ސަބަބުން މި ވަގުތައް ކައުންސިލަށް ދިމާވެފައިވާ ދަތިތަކާއި، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން ރަށުގައި ދެމުން ގެންދާ އާންމު ޚިދުމަތްތަކާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ޑެޕިޔުޓީ މިނިސްޓަރ ސިމަން ހާދީއާއި، ޑެޕިޔުޓީ މިނިސްޓަރ އިބްރާހީމް ފަޔާޒު ބައިވެރިވެލެއްވިއެވެ.