news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއާ ބައްދަލުކުރައްވައިފި

15 ސެޕްޓެމްބަރު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ގަމުގެ ތަރައްޤީއަށް ރޭވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ރަށުގައި މީހުން އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުންނާއި، ރަށުގެ ޕަބްލިކް ވަރކްސް ޔުނިޓުގެ ޚިދުމަތްތަކާ ބެހޭ ގޮތުންނާއި އަދި ގަމުގައި ޢިމާރާތްކޮށް ނިމިފައިވާ 100 ހައުސިންގ ޔުނިޓުގެ ދޫކުރުމާ ބެހޭ ގޮތުން މަޝްރާކުރެވިފައި ވެއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ގަން ހިމެނޭ ކުލަސްޓަރގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްކޮށް ޙަރަކާތްތެރިވެ ލައްވާ މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ.